Wednesday, May 15, 2013


އަލްބާރޓް ބަންޑޫރާގެ ނަޒަރިއްޔާތު
ބަންޑޫރާ ދެކޭ ގޮތުގައި ކަންކަން ދަސްކުރަނީ ބަލައިގެން، ނަކަލު ކޮށްގެން، އެހެން މީހުންގެ އެފަދަ ތަޖުރިބާތައް އަޑުއަހައިގެން، ދެނެގަނެވިގެން، ފެނިގެން ފަދަ ގޮތްގޮތަށެވެ. މިސާލަކަށް އަޅުގަނޑުމެންގެ މާހައުލަށް ބަލާއިރު ގެއެއްގައި އުޅޭކުދިންގެ ތެރޭގައިވެސް މިފަދަ ބައެއް ކަންކަމުން ސުލޫކަށް އަސަރުކުރުވައެވެ. ބެބެމެން ދައްތަމެން ރަނގަޅު ނަތީޖާއެއް ހޯދުމުން އިނާމުތަކާއި ބާއްވާ ކުދިކުދި ޕާރޓީތަކާއި އެއްވުންތައް ފެނި ހަގަށް ތިބޭ ކުދިންވެސް އެކަން ހޯދުމަށް ޝައުޤުވެރިވެގެން ގަދަ އަޅާ މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

މޯޓިވޭޝަން ތިއަރީގެ ދަށުން ކިޔަވައިދިނުމުގެ މާޙައުލުގައި އަޅުގަނޑުމެންނަށް ތަފާތު އެކު ގިނަގުނަ އުކުޅުތައް ބޭނުންކުރެވިދާނެއެވެ. އެގޮތުން ކުދި އެކިއެކި ޓާސްކުތަކުންނާއި ކުދިންގެ ޒިންމާއާއި ބައިވެރިވުން ހިމަނައިގެން ހުރިހާ ދަރިވަރުންނަށްވެސް ފުރުޞަތު ލިބެވޭނެހެން މަޝްވަރާކުރެވޭ ޚިޔާލުތައް  ބެހޭނެ އެކުވެރި މާހައުލެއްގައި އުނގެނުމަށް މަގުފަހި ވެއްޓެއް ޤާއިމުކޮށްދީގެން ކުދިން އުނގެނުމަށް ޝައުޤުވެރިކަން އުފެއްދިދާނެއެވެ. ކޮންމެ މާއްދާތަކާއި ގުޅޭގޮތުންވެސް މިފަދަ ޙަރަކާތައް އަޅުގަނޑުމެންނަށް ހިންގިދާނެއެވެ. މިސާލަކަށް ކުދިން ޝައުޤުވެރިވާ ފަދަ ޒަމާނީ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށްގެން ކުދިން ޝައުޤުވެރި ކުރުވިދާނެއެވެ.

ބުލޮގު ޓާސްކު 1 (ށ)


އަލްބާރޓް ބަންޑޫރާގެ ނަޒަރިއްޔާތު
ބަންޑޫރާ ދެކޭ ގޮތުގައި ކަންކަން ދަސްކުރަނީ ބަލައިގެން، ނަކަލު ކޮށްގެން، އެހެން މީހުންގެ އެފަދަ ތަޖުރިބާތައް އަޑުއަހައިގެން، ދެނެގަނެވިގެން، ފެނިގެން ފަދަ ގޮތްގޮތަށެވެ. މިސާލަކަށް އަޅުގަނޑުމެންގެ މާހައުލަށް ބަލާއިރު ގެއެއްގައި އުޅޭކުދިންގެ ތެރޭގައިވެސް މިފަދަ ބައެއް ކަންކަމުން ސުލޫކަށް އަސަރުކުރުވައެވެ. ބެބެމެން ދައްތަމެން ރަނގަޅު ނަތީޖާއެއް ހޯދުމުން އިނާމުތަކާއި ބާއްވާ ކުދިކުދި ޕާރޓީތަކާއި އެއްވުންތައް ފެނި ހަގަށް ތިބޭ ކުދިންވެސް އެކަން ހޯދުމަށް ޝައުޤުވެރިވެގެން ގަދަ އަޅާ މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

މޯޓިވޭޝަން ތިއަރީގެ ދަށުން ކިޔަވައިދިނުމުގެ މާޙައުލުގައި އަޅުގަނޑުމެންނަށް ތަފާތު އެކު ގިނަގުނަ އުކުޅުތައް ބޭނުންކުރެވިދާނެއެވެ. އެގޮތުން ކުދި އެކިއެކި ޓާސްކުތަކުންނާއި ކުދިންގެ ޒިންމާއާއި ބައިވެރިވުން ހިމަނައިގެން ހުރިހާ ދަރިވަރުންނަށްވެސް ފުރުޞަތު ލިބެވޭނެހެން މަޝްވަރާކުރެވޭ ޚިޔާލުތައް  ބެހޭނެ އެކުވެރި މާހައުލެއްގައި އުނގެނުމަށް މަގުފަހި ވެއްޓެއް ޤާއިމުކޮށްދީގެން ކުދިން އުނގެނުމަށް ޝައުޤުވެރިކަން އުފެއްދިދާނެއެވެ. ކޮންމެ މާއްދާތަކާއި ގުޅޭގޮތުންވެސް މިފަދަ ޙަރަކާތައް އަޅުގަނޑުމެންނަށް ހިންގިދާނެއެވެ. މިސާލަކަށް ކުދިން ޝައުޤުވެރިވާ ފަދަ ޒަމާނީ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށްގެން ކުދިން ޝައުޤުވެރި ކުރުވިދާނެއެވެ.

ބްލޮގު ޓާސްކު 1 (ށ)


ބީއެފް ސްކިނާގެ ނަޒަރިއްޔާތު
ބީއެފް ސްކިނާ ހާމަކުރާގޮތުގައި ޝަވްޤުވެރިކަން ގުޅިވާފައިވަނީ ތަރުޙީބު ދިނުމާއި ހިތްވަރު ދިނުމާއެވެ. އެގޮތުން ކުދިންގެ ކިބައިން ފެންނަ ރަނގަޅު ސުލޫކުތަކަށް ހިތްވަރުދީހެދުމުން އެކަން ތަކުރާރު ކުރުމުގެ ޝަވްޤުވެރިކަން ހިތުތެރޭގައި އުފެދޭކަމަށް ސްނިނާރ ތިއަރީގައި ވެއެވެ. މިޝަވްޤުވެރިކަން ގުޅިފައިވަނީ ތަފާތު ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކާއި، އަދި ހިތްހަމަ ނުޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކުގެމައްޗަށް ބިނާކޮށްކަމަށް ފާހަގަކުރައްވާފައިވެއެވެ.
ސްކިނާރ ހާމަކުރައްވާ ގޮތުގައި އިނާމް ދީގެން ކުދިން ޝައުޤުކުރެވިދާނެއެވެ. އެހެނަސް އިނާމް ދިނުމުގައިވެސް ވިސްނާލަންޖެހޭ ބައެއް ނުކުތާތައް ސްކިނާރ ބަޔާންކުރައްވައެވެ. ތިރީގައި މިވަނީ ސްކިނާރ ބަޔާންކޮށްފައިވާ މިފަދަ ބައެއް ކަންކަމެވެ.
1.     އިނާމު ދޭންޖެހޭނީ ކުދިން އަމިއްލައަށް ޝަވްޤުވެރި ނުވާ ކަންކަމަށް
މިސާލަކަށް އަޅުގަނޑުމެންގެ މާހައުލުގައި ބައެއް ކުދިންނަކީ ކުލާހުގެ ހުރިހާ ކުދިންނަށް އިވޭވަރަށް އެކުދިންގެ މަސައްކަތްތައް ހުށައަޅަންބޭނުންނުވާ ކުދިންކަން ފާހަގަކުރެވެއެވެ. މިފަދަ ކުދިން މިކަމަށް ޝައުޤުވެރިކުރުމަށްޓަކައި އަޅުގަނޑުމެންގެ މާހައުލުގައި އެކުދިން ބޭނުންވާފަދަ ހަދިޔާއެއް ބޭނުންކޮށްގެން އެކުދިން އެކަންކުރުވުމަށް ބާރުއެޅުވިދާނެއެވެ.
2.     އިނާމު ކަނޑައެޅި ކަންކަން ފުރިހަމަކުރި މިންވަރަށް ބަލައިފައި އިނާމު ދިނުން
މިސާލަކަށް ދަރިވަރުން ކުރި މަސައްކަތުގެ މިންވަރަށް ބަލާ އެކަމަށް އެކަށީގެންވާ ވަރަށް އިނާމް ދިނުމެވެ. ކުއްޖާ ކުރި ކަންތަކުގެ މިންވަރާއި ނުބައްދަލުވާ ވަރަށް އިނާމް ދިނުމަކީވެސް  މިކަމުންއެކުދިންނަށް ނޭދެވޭ އެހެން އަސަރެއް ކުރަން ފަށާފާނެކަމެކެވެ. މިސާލަކަށް އަބަދު އެމިންވަރަށް އެފަދަ މަސައްކަތް ނިންމުން ހިމެނެއެވެ.
3.     ދެވޭ އިނާމަކީ ކުރާ މަސައްކަތް ފުރިހަމަ ކުރުމަށް ބާރުއަޅާ ފަދަ ގޮތަކަށް ދެވޭ އެއްޗަކަށް ވާންޖެހޭނެ.
ދެވޭ އިނާމަކީ ދަރިވަރުންގެ މަސައްކަތައް ބާރުއަޅާފަދަ އިނާމަކަށް ވާންވާނެއެވެ. ނޫނީ ޕޮއިންޓް 2 ގައި ފާހަގަކުރެވިދިޔަ ފަދަ ކަންކަން ދަރިވަރުންގެ ކިބައިން ފެނުން އެކަށީގެންވެއެވެ. ނޫނީ އެ އިނާމް ދެވޭ މަޤުޞަދު ޙާސިލުނުވުމަށް އެކަށީގެންވެއެވެ.

Tuesday, May 14, 2013

ބްލޮގު ޓާސްކް 1 (ށ)


ބްލޮގް ޓާސްކް 1. ށ
ބިހޭވިއަރަލް ލާރނިންގ ތިއަރީ
ބިހޭވިއަރަލް ލާރނިން ތިއަރީގައި ފާހަގަކުރެވޭގޮތުގައި އިންސާނުންގެ ސުލޫކު ނުވަތަ ބިހޭވިއަރ ގުޅިފައިވަނީ އޭނަގެ މާހައުލުގައި ކުރާ ތަޖުރިބާތަކާއި ހިއްސާކުރާ ހިއްސާކުރުންތަކާއެވެ. މިކަންކަމުގެ ޢަމަލީ ސިފަތަށް ހިނގައިފިކަން ދޭހަވެގެންދަނީ ބޭރުފުށުން ފާޅުވެގެންދާ ޢަމަލުތަކުން ނުވަތަ އުޞޫލުތަކުންނެވެ.
މިތިއަރީގެ މައިނގަނޑު ކޮންސެޕްޓްތައް ގުޅިފައިވަނީ މައިގަނޑު ތިން ލަފުޒެއް ކަމުގައިވާ  ސްޓިމިއުލައި، ބިހޭވިއަރ އަދި ރެސްޕޮންސްއާއެވެ. މިތިއަރީގެ ދަށުން އުނގެނުންކަމަށް ބެލެވެނީ އެއްފަހަރާ ސްޓިމިއުލާ އަކާއެކު ބޭރުފުށުން ހާމަވާ ރެސްޕޮންސް ނުވަތަ ކަމެއް އުނގެނޭ ފަރާތުން ހާމަވުމުންނެވެ. ކުދިން ކުރާ އެކިއެކި ކަންކަމަށް ހިތްވަރުދީ ތަރުހީބުދީ ހެދުމަކީ އެކުދިންގެ ސުލޫކަށް ނުވަތަ ބިހޭވިއަރއަށް ބަދަލު ގެނެވޭނެ ކަމެއް ކަން ފާހަގަކުރެވެއެވެ. އެގޮތުން ކުއްޖާކަމަކަށް ކައިރިކޮށް ގަޔާކުރުވުމަށްޓަކައި ހިތްވަރުގެ ބަސްބަސް ބުނެލާ ތަރުހީބު ދިނުމަކީ ކުއްޖާގެ ޝައުޤުވެރިކަން ހިފެހެއްޓޭނެކަމެވެ. ކުއްޖާގެ ސުލޫކަށް ބަދަލުގެނައުމަށް ނެގެޓިވް އަދި ޕޮޒިޓިވް ކޮންވެސް ތަރުހީބުދިނުމުގެ އުކުޅުތައް ބޭނުންކުރެވިދާނެއެވެ. އެހެނަސް އެ ތަރުހީބު ދިނުންތައް އެއީ ކުދިންގެ ސުލޫކަށް ބަދަލުގެނައުމަށް އެހީވާނެ ފަދަ ކަމަކަށް ވާންޖެހެއެވެ.
 ސްޓިމުލާއަކީ އުނގެނޭ ފަރާތުގެ ބިހޭވިއަރއިން ބާރުފޯރުވާ ކަންކަމަށް ވާއިރު ފާހަގަކޮށްލެވޭ ސްޓިމިއުލާގެ ތިން ބައެއް ތިއަރިސްޓުން ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ
1.    އެލިސިޓިން ސްޓިމިއުލީ:  ބޭރުފުށުން ފާހަގަކުރެވޭ ސުލޫކެއް އެކަން ފާޅުވުމުގެ ކުރިން ހިނގާކަމެއް
މިސާލަކަށް މުދައްރިސް ގޮވާލުމުން ދަރިވަރު އަވަސް އަވަހަށް މުދައްރިސަށް ޖަވާބުދިނުން
2.    ކޮންސިކުއެންސަސް:  ސްޓިމިއުލީ އެއްގެ ސަބަބުން ހާމަވާކަމެއް ދެވަނަ ފަހަރަށް ތަކުރާރުވުމަށް ނުވަތަ ނުވުމަށް މެދުވެރިވާ ކަންކަން
3.    އެންސިޓިޑެންޓްސް:  ކަމެއް ދެވަނަ ފަހަރަށް ތަކުރާރުކުރަނީ އެލިބޭ އިނާމަކަށް އެދި ނުވަތަ ތަރުހީބެއްގެ ސަބަބުން ނޫންނަމަ ލިބިދާނެ އަދަބަކުން ދުރުވުމަށްޓަކައި ކުރާކަމެއް.


ކިޔަވައިދިނުމުގައި ބޭނުންކުރާނެ ފަލްސަފާ ( ބްލޮގު ޓާސްކު 2)
ފެށުން:
އުނގެނުމާއި އުނގަންނައިދިނުމުގެ މާހައުލާ ބެހޭގޮތުން ތަފާތުއެކި ނަޒަރިއްޔާތުތަކާމެދު ޢިލްމުވެރިންގެ މެދުގައި ބަހުސްކުރެވެމުންދެއެވެ. ޢިލްމީ އެކިއެކި ނަޒަރިއްޔާތުތަކުގެ އަލީގައި ކިޔަވައިދިނުމުގެ މާހައުލުގެ ކަންތައްތައް ހަމަޖެހި އެކި ތައްގަނޑުތަކަކަށް އަޅާލައެވެ. މިފަދައިން ހެދިފައި މިވާ އެކިއެކި ތިއަރީތަކަކީ މުޅިންވެސް ދަރިވަރުންނާއި މުދައްރިސުންގެ ކުރިއެރުމަށްޓަކާ ހެދިފައިވާ ނަޒަރިއްޔާތުތަކެއް ކަމުގައި އެއްބަސްވެވެއެވެ. ކުލާސް މެނޭޖުކުރުމަށާއި ކިޔަވައިދިނުމުގެ ދާއިރާގެ ތެރެއިން ދިމާވެދާނެ އެތަކެއް މައްސަލަތަކެއް ހައްލުކުރުމަށް މި ތިއަރީތަކުން ގިނަ ގުނަ ޚިޔާލުތައް ލިބިގެންދެއެވެ. އުނގެނުމުގެ ނަޒަރިއްޔާތުތަކުގެ  އެހީގައި މުދައްރިސެއްގެ ހައިސއްޔަތުން ކުލާސްރޫމުގައި ކިޔަވައިދިނުމުގައި  އަޅުގަނޑު ބޭނުންކުރާނެ ފަލްސަފާއަކަށް ބަލާލާނަމެވެ.
1.       ކޮންސްޓްރަކްޓިވިސްޓް ޕާރސްޕެކްޓިވްސް ތިޔަރީގެ އަލީގައި ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ބައެއް ގޮތްތައް
މި ތިއަރީއަކީ މިހާރުގެ މުޖުތަމަޢަށް އެންމެ މަޝްހޫރުކަން ލިބިގެންވާ އެއްގޮތެވެ. މިއުސޫލުގެ ދަށުން ކިޔަވައިދޭ ދިނުމުގައި އިސް ދައުރެއް އަދާކޮށް ޙަރަކާތްތެރިވާނީ މުދައްރިސުންނާއި ޚިލާފަށް ދަރިވަރުންނެވެ. މިކަމުގެ ސަބަބުން އަމިއްލައަށް ކަންކަން ހޯދާ ދެނެގަނެވި ކުދިންގެ ކިބައިގައިވާ ހުނަރުވެރިކަން ދެނެގަނެވި އެކުގައި މަސައްކަތްކުރުމަށް ދަރިވަރުންނަށް ހިތްވަރުލިބިގެންދާނެއެވެ. މި ފަދަ ގޮތަކަށް ކުލާސްގެންދަނީނަމަ ދަރިވަރުންނަށް ކަންކުރުމުގެ އިހުތިޔާރާއި ޚިޔާލުފާޅުކުރުގެ މިނިވަންކަން ލިބި ތިމާމެން އަމިއްލައަށް ކަންކުރާނެ ގޮތް ދެނެގަނެ އަމަލުން އެކަންކަން ހާސިލުކޮށް ތަޖުރިބާކުރާނެއެވެ. މިސާލަކަށް މަޒުމޫނު ލިޔުމަށް ހަވާލުކުރެވޭ ސުރުޚީތަކެއް ދިނުމުން ދަރިވަރުން އަމިއްލައަށް މަޒުމޫނުން ސުވާލު އުފައްދައިގެން ނުކުތާތައް ހޯދާ ފުޅާކުރާނެ ގޮތުގެ މައްޗަށް ވާހަކަ ދައްކާ އަމިއްލައަށް މަޒުމޫނު ލިޔާނެއެވެ.
2.     މޯޓިވޭޝަންގެ ތިއަރީގެ އަލީގައި ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ބައެއް ގޮތްތައް

ބިހޭވިއަރިސްޓުންގެ ނަޒަރުގައި މީހުންގެ ކިބައިގައި ހުންނަ ޝައުޤުވެރިކަން ގުޅުވާލެވިފައިވަނީ ތަރުޙީބުދިނުމާއި ހިތްވަރުދިނުމާއެވެ. މިކަންކަމަކީ ކަންކަމަށް މީހުން ހިތްޖެހި އެކަންކަމާއި ކައިރިކުރުވާ ބާރެކެވެ. ބީއެފް ސްކިނާރގެ ނަޒަރިއްޔާތުގައި ހާމަކޮށްފައިވަނީ ކުދިންގެ ކިބައިން ފެންނަ ރަނގަޅު ސުލޫކުތަކަށް ހިތްވަރުދީ ހެދުމުން އެކަންކަން ތަކުރާރުކުރުމުގެ ޝައުޤުވެރިކަން އެކުދިންގެ ހިތްތަކުގައި އަށަގަންނަކަމަށެވެ.  މިތިއަރީގެ ބޭނުން ހިފައި އަޅުގަނޑުމެންގެ މާހައުލުގައި ވެސް ފިލާވަޅުގެ ތެރެއިން ކުއްޖާގެ ޝައުޤުވެރިކަން ހޯދުމަށްޓަކައި ކުއްޖާއަށް ތަރުޙީބުދިނުން ނުވަތަ ހިތްވަރު ދެވިދިނުމުގެ ގޮތްތައް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ދަރިވަރަކު އެއްޗެއް ހުށަހަޅާ ނިންމާލުމުން އަތްތިލަ ބަޑިއެއް ޖަހާލާ ވަރަށް މޮޅުކަމަށް ބުނެ ހިތްވަރުދީ އެދަރިވަރު އެކަމަށް ދެވަނަ ފަހަރަށް ވެސްކުރުމުގެ ޝައުޤުވެރިކަން އުފެއްދިދާނެއެވެ. މިކަމުން ކުލާހުގެ އެހެނިހެން ދަރިވަރުންނަށްވެސް ހިތްވަރުލިބި އެކަމަށް ހިތްޖެހިގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.
3.    ވައިގޮޓްސްކީގެ ތިއަރީގެ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި މިތިއަރީގެ ބޭނުންކުރާނެ ގޮތްތައް
ކުދިން އުޅޭ މާހައުލުގެ ތަފާތު ފަރާތްތަކާއި ބަދަލުކުރެވޭ ގުޅުންތަކުންނާއި ތަޖުރިބާތަކުން ޙަރަކާތްތެރިކަމާއެކު މަޢުލޫމާތާއި ކަންކަމާއި ގުޅޭގޮތުން ވިސްނުން ބިނާކުރެއެވެ. ވައިގޮޓްސްކީގެ ތިއަރީގައި ދަރިވަރުންގެ ވިސްނުން ތަރައްޤީކުރެވޭނީ އޭނާގެ ކުރީގެ ވިސްނުން ނުވަތަ ކުރިން އެނގިފައިވާ މިންވަރު ދެނެގަނެވިގެންނެވެ. ދަރިވަރުންނަށް ކުރިން އެނގިފައިވާ ކަންތައްތަކާ މަޢުލޫމާތާއި މިހާރުކުރަންވާ މަސައްކަތާ ގުޅުވާ ކުލާސްކުދިންނާ ނުވަތަ އެނޫން އެހެން މީހެއްގެ އެހީތެރިކަމާއެކު އިތުރަށް ވިސްނަން ދެވިދާނެއެވެ.
4.      ބިހޭވިއަރަލް ލާރނިން ތިއަރީގެ އަލީގައި ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ބައެއް ގޮތްތައް:
އުނގެނުމަކީ މާހައުލުން އުނގެނޭފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެ ފާޅުވާ ދާއިމީ ބަދަލެއްކަމުގައި ބިހޭވަރަލް ލާރނިންގ ތިއަރީގައިވެއެވެ. މިތިޔަރީގައި މިބުނާގޮތަށް، މުދައްރިސް ނަގައިދެއްވާ  ފިލާވަޅުނަގައިދީ ފިލާވަޅުގައި ދަރިވަރުން ބައިވެރިކޮށް ތަރުހީބު ދެވޭ މާޙައުލެއްގައި އުނގަނައިދިނުމުގެ ޕްރޮސެސްތައް ކުރިއަށް ދާނެއެވެ. މުދައްރިސް ކިޔަވައިދޭ އެއްޗެއް ދަރިވަރުން ބޭނުންކުރަން ދަންނާނެއެވެ. މިސާލަކަށް ޤުރުއާން ފިލާވަޅެއް ނަގައިދންއިރުގައި މުދައްރިސް މަޚުރަޖުތައް ކިޔައިދެއްވާ ގޮތަށް ދަރިވަރުން ވެސް ކިޔާނެއެވެ. ކިޔަން ދަސްވެ ބޭނުންކުރަންވެސް ދަރިވަރުންނަށް  އެނގޭނެއެވެ.