ބްލޮގް ޓާސްކް 1. ށ
ބިހޭވިއަރަލް
ލާރނިންގ ތިއަރީ
ބިހޭވިއަރަލް ލާރނިން ތިއަރީގައި ފާހަގަކުރެވޭގޮތުގައި
އިންސާނުންގެ ސުލޫކު ނުވަތަ ބިހޭވިއަރ ގުޅިފައިވަނީ އޭނަގެ މާހައުލުގައި ކުރާ
ތަޖުރިބާތަކާއި ހިއްސާކުރާ ހިއްސާކުރުންތަކާއެވެ. މިކަންކަމުގެ ޢަމަލީ ސިފަތަށް
ހިނގައިފިކަން ދޭހަވެގެންދަނީ ބޭރުފުށުން ފާޅުވެގެންދާ ޢަމަލުތަކުން ނުވަތަ
އުޞޫލުތަކުންނެވެ.
މިތިއަރީގެ މައިނގަނޑު ކޮންސެޕްޓްތައް ގުޅިފައިވަނީ
މައިގަނޑު ތިން ލަފުޒެއް ކަމުގައިވާ
ސްޓިމިއުލައި، ބިހޭވިއަރ އަދި ރެސްޕޮންސްއާއެވެ. މިތިއަރީގެ ދަށުން
އުނގެނުންކަމަށް ބެލެވެނީ އެއްފަހަރާ ސްޓިމިއުލާ އަކާއެކު ބޭރުފުށުން ހާމަވާ
ރެސްޕޮންސް ނުވަތަ ކަމެއް އުނގެނޭ ފަރާތުން ހާމަވުމުންނެވެ. ކުދިން ކުރާ އެކިއެކި
ކަންކަމަށް ހިތްވަރުދީ ތަރުހީބުދީ ހެދުމަކީ އެކުދިންގެ ސުލޫކަށް ނުވަތަ
ބިހޭވިއަރއަށް ބަދަލު ގެނެވޭނެ ކަމެއް ކަން ފާހަގަކުރެވެއެވެ. އެގޮތުން
ކުއްޖާކަމަކަށް ކައިރިކޮށް ގަޔާކުރުވުމަށްޓަކައި ހިތްވަރުގެ ބަސްބަސް ބުނެލާ
ތަރުހީބު ދިނުމަކީ ކުއްޖާގެ ޝައުޤުވެރިކަން ހިފެހެއްޓޭނެކަމެވެ. ކުއްޖާގެ ސުލޫކަށް
ބަދަލުގެނައުމަށް ނެގެޓިވް އަދި ޕޮޒިޓިވް ކޮންވެސް ތަރުހީބުދިނުމުގެ އުކުޅުތައް
ބޭނުންކުރެވިދާނެއެވެ. އެހެނަސް އެ ތަރުހީބު ދިނުންތައް އެއީ ކުދިންގެ ސުލޫކަށް
ބަދަލުގެނައުމަށް އެހީވާނެ ފަދަ ކަމަކަށް ވާންޖެހެއެވެ.
ސްޓިމުލާއަކީ
އުނގެނޭ ފަރާތުގެ ބިހޭވިއަރއިން ބާރުފޯރުވާ ކަންކަމަށް ވާއިރު ފާހަގަކޮށްލެވޭ
ސްޓިމިއުލާގެ ތިން ބައެއް ތިއަރިސްޓުން ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ
1. އެލިސިޓިން
ސްޓިމިއުލީ: ބޭރުފުށުން ފާހަގަކުރެވޭ ސުލޫކެއް
އެކަން ފާޅުވުމުގެ ކުރިން ހިނގާކަމެއް
މިސާލަކަށް މުދައްރިސް ގޮވާލުމުން
ދަރިވަރު އަވަސް އަވަހަށް މުދައްރިސަށް ޖަވާބުދިނުން
2. ކޮންސިކުއެންސަސް:
ސްޓިމިއުލީ އެއްގެ ސަބަބުން ހާމަވާކަމެއް ދެވަނަ
ފަހަރަށް ތަކުރާރުވުމަށް ނުވަތަ ނުވުމަށް މެދުވެރިވާ ކަންކަން
3. އެންސިޓިޑެންޓްސް: ކަމެއް ދެވަނަ ފަހަރަށް ތަކުރާރުކުރަނީ އެލިބޭ
އިނާމަކަށް އެދި ނުވަތަ ތަރުހީބެއްގެ ސަބަބުން ނޫންނަމަ ލިބިދާނެ އަދަބަކުން
ދުރުވުމަށްޓަކައި ކުރާކަމެއް.
No comments:
Post a Comment