Tuesday, May 14, 2013


ކިޔަވައިދިނުމުގައި ބޭނުންކުރާނެ ފަލްސަފާ ( ބްލޮގު ޓާސްކު 2)
ފެށުން:
އުނގެނުމާއި އުނގަންނައިދިނުމުގެ މާހައުލާ ބެހޭގޮތުން ތަފާތުއެކި ނަޒަރިއްޔާތުތަކާމެދު ޢިލްމުވެރިންގެ މެދުގައި ބަހުސްކުރެވެމުންދެއެވެ. ޢިލްމީ އެކިއެކި ނަޒަރިއްޔާތުތަކުގެ އަލީގައި ކިޔަވައިދިނުމުގެ މާހައުލުގެ ކަންތައްތައް ހަމަޖެހި އެކި ތައްގަނޑުތަކަކަށް އަޅާލައެވެ. މިފަދައިން ހެދިފައި މިވާ އެކިއެކި ތިއަރީތަކަކީ މުޅިންވެސް ދަރިވަރުންނާއި މުދައްރިސުންގެ ކުރިއެރުމަށްޓަކާ ހެދިފައިވާ ނަޒަރިއްޔާތުތަކެއް ކަމުގައި އެއްބަސްވެވެއެވެ. ކުލާސް މެނޭޖުކުރުމަށާއި ކިޔަވައިދިނުމުގެ ދާއިރާގެ ތެރެއިން ދިމާވެދާނެ އެތަކެއް މައްސަލަތަކެއް ހައްލުކުރުމަށް މި ތިއަރީތަކުން ގިނަ ގުނަ ޚިޔާލުތައް ލިބިގެންދެއެވެ. އުނގެނުމުގެ ނަޒަރިއްޔާތުތަކުގެ  އެހީގައި މުދައްރިސެއްގެ ހައިސއްޔަތުން ކުލާސްރޫމުގައި ކިޔަވައިދިނުމުގައި  އަޅުގަނޑު ބޭނުންކުރާނެ ފަލްސަފާއަކަށް ބަލާލާނަމެވެ.
1.       ކޮންސްޓްރަކްޓިވިސްޓް ޕާރސްޕެކްޓިވްސް ތިޔަރީގެ އަލީގައި ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ބައެއް ގޮތްތައް
މި ތިއަރީއަކީ މިހާރުގެ މުޖުތަމަޢަށް އެންމެ މަޝްހޫރުކަން ލިބިގެންވާ އެއްގޮތެވެ. މިއުސޫލުގެ ދަށުން ކިޔަވައިދޭ ދިނުމުގައި އިސް ދައުރެއް އަދާކޮށް ޙަރަކާތްތެރިވާނީ މުދައްރިސުންނާއި ޚިލާފަށް ދަރިވަރުންނެވެ. މިކަމުގެ ސަބަބުން އަމިއްލައަށް ކަންކަން ހޯދާ ދެނެގަނެވި ކުދިންގެ ކިބައިގައިވާ ހުނަރުވެރިކަން ދެނެގަނެވި އެކުގައި މަސައްކަތްކުރުމަށް ދަރިވަރުންނަށް ހިތްވަރުލިބިގެންދާނެއެވެ. މި ފަދަ ގޮތަކަށް ކުލާސްގެންދަނީނަމަ ދަރިވަރުންނަށް ކަންކުރުމުގެ އިހުތިޔާރާއި ޚިޔާލުފާޅުކުރުގެ މިނިވަންކަން ލިބި ތިމާމެން އަމިއްލައަށް ކަންކުރާނެ ގޮތް ދެނެގަނެ އަމަލުން އެކަންކަން ހާސިލުކޮށް ތަޖުރިބާކުރާނެއެވެ. މިސާލަކަށް މަޒުމޫނު ލިޔުމަށް ހަވާލުކުރެވޭ ސުރުޚީތަކެއް ދިނުމުން ދަރިވަރުން އަމިއްލައަށް މަޒުމޫނުން ސުވާލު އުފައްދައިގެން ނުކުތާތައް ހޯދާ ފުޅާކުރާނެ ގޮތުގެ މައްޗަށް ވާހަކަ ދައްކާ އަމިއްލައަށް މަޒުމޫނު ލިޔާނެއެވެ.
2.     މޯޓިވޭޝަންގެ ތިއަރީގެ އަލީގައި ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ބައެއް ގޮތްތައް

ބިހޭވިއަރިސްޓުންގެ ނަޒަރުގައި މީހުންގެ ކިބައިގައި ހުންނަ ޝައުޤުވެރިކަން ގުޅުވާލެވިފައިވަނީ ތަރުޙީބުދިނުމާއި ހިތްވަރުދިނުމާއެވެ. މިކަންކަމަކީ ކަންކަމަށް މީހުން ހިތްޖެހި އެކަންކަމާއި ކައިރިކުރުވާ ބާރެކެވެ. ބީއެފް ސްކިނާރގެ ނަޒަރިއްޔާތުގައި ހާމަކޮށްފައިވަނީ ކުދިންގެ ކިބައިން ފެންނަ ރަނގަޅު ސުލޫކުތަކަށް ހިތްވަރުދީ ހެދުމުން އެކަންކަން ތަކުރާރުކުރުމުގެ ޝައުޤުވެރިކަން އެކުދިންގެ ހިތްތަކުގައި އަށަގަންނަކަމަށެވެ.  މިތިއަރީގެ ބޭނުން ހިފައި އަޅުގަނޑުމެންގެ މާހައުލުގައި ވެސް ފިލާވަޅުގެ ތެރެއިން ކުއްޖާގެ ޝައުޤުވެރިކަން ހޯދުމަށްޓަކައި ކުއްޖާއަށް ތަރުޙީބުދިނުން ނުވަތަ ހިތްވަރު ދެވިދިނުމުގެ ގޮތްތައް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ދަރިވަރަކު އެއްޗެއް ހުށަހަޅާ ނިންމާލުމުން އަތްތިލަ ބަޑިއެއް ޖަހާލާ ވަރަށް މޮޅުކަމަށް ބުނެ ހިތްވަރުދީ އެދަރިވަރު އެކަމަށް ދެވަނަ ފަހަރަށް ވެސްކުރުމުގެ ޝައުޤުވެރިކަން އުފެއްދިދާނެއެވެ. މިކަމުން ކުލާހުގެ އެހެނިހެން ދަރިވަރުންނަށްވެސް ހިތްވަރުލިބި އެކަމަށް ހިތްޖެހިގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.
3.    ވައިގޮޓްސްކީގެ ތިއަރީގެ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި މިތިއަރީގެ ބޭނުންކުރާނެ ގޮތްތައް
ކުދިން އުޅޭ މާހައުލުގެ ތަފާތު ފަރާތްތަކާއި ބަދަލުކުރެވޭ ގުޅުންތަކުންނާއި ތަޖުރިބާތަކުން ޙަރަކާތްތެރިކަމާއެކު މަޢުލޫމާތާއި ކަންކަމާއި ގުޅޭގޮތުން ވިސްނުން ބިނާކުރެއެވެ. ވައިގޮޓްސްކީގެ ތިއަރީގައި ދަރިވަރުންގެ ވިސްނުން ތަރައްޤީކުރެވޭނީ އޭނާގެ ކުރީގެ ވިސްނުން ނުވަތަ ކުރިން އެނގިފައިވާ މިންވަރު ދެނެގަނެވިގެންނެވެ. ދަރިވަރުންނަށް ކުރިން އެނގިފައިވާ ކަންތައްތަކާ މަޢުލޫމާތާއި މިހާރުކުރަންވާ މަސައްކަތާ ގުޅުވާ ކުލާސްކުދިންނާ ނުވަތަ އެނޫން އެހެން މީހެއްގެ އެހީތެރިކަމާއެކު އިތުރަށް ވިސްނަން ދެވިދާނެއެވެ.
4.      ބިހޭވިއަރަލް ލާރނިން ތިއަރީގެ އަލީގައި ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ބައެއް ގޮތްތައް:
އުނގެނުމަކީ މާހައުލުން އުނގެނޭފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެ ފާޅުވާ ދާއިމީ ބަދަލެއްކަމުގައި ބިހޭވަރަލް ލާރނިންގ ތިއަރީގައިވެއެވެ. މިތިޔަރީގައި މިބުނާގޮތަށް، މުދައްރިސް ނަގައިދެއްވާ  ފިލާވަޅުނަގައިދީ ފިލާވަޅުގައި ދަރިވަރުން ބައިވެރިކޮށް ތަރުހީބު ދެވޭ މާޙައުލެއްގައި އުނގަނައިދިނުމުގެ ޕްރޮސެސްތައް ކުރިއަށް ދާނެއެވެ. މުދައްރިސް ކިޔަވައިދޭ އެއްޗެއް ދަރިވަރުން ބޭނުންކުރަން ދަންނާނެއެވެ. މިސާލަކަށް ޤުރުއާން ފިލާވަޅެއް ނަގައިދންއިރުގައި މުދައްރިސް މަޚުރަޖުތައް ކިޔައިދެއްވާ ގޮތަށް ދަރިވަރުން ވެސް ކިޔާނެއެވެ. ކިޔަން ދަސްވެ ބޭނުންކުރަންވެސް ދަރިވަރުންނަށް  އެނގޭނެއެވެ. 


No comments:

Post a Comment