Wednesday, May 15, 2013

ބްލޮގު ޓާސްކު 1 (ށ)


ބީއެފް ސްކިނާގެ ނަޒަރިއްޔާތު
ބީއެފް ސްކިނާ ހާމަކުރާގޮތުގައި ޝަވްޤުވެރިކަން ގުޅިވާފައިވަނީ ތަރުޙީބު ދިނުމާއި ހިތްވަރު ދިނުމާއެވެ. އެގޮތުން ކުދިންގެ ކިބައިން ފެންނަ ރަނގަޅު ސުލޫކުތަކަށް ހިތްވަރުދީހެދުމުން އެކަން ތަކުރާރު ކުރުމުގެ ޝަވްޤުވެރިކަން ހިތުތެރޭގައި އުފެދޭކަމަށް ސްނިނާރ ތިއަރީގައި ވެއެވެ. މިޝަވްޤުވެރިކަން ގުޅިފައިވަނީ ތަފާތު ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކާއި، އަދި ހިތްހަމަ ނުޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކުގެމައްޗަށް ބިނާކޮށްކަމަށް ފާހަގަކުރައްވާފައިވެއެވެ.
ސްކިނާރ ހާމަކުރައްވާ ގޮތުގައި އިނާމް ދީގެން ކުދިން ޝައުޤުކުރެވިދާނެއެވެ. އެހެނަސް އިނާމް ދިނުމުގައިވެސް ވިސްނާލަންޖެހޭ ބައެއް ނުކުތާތައް ސްކިނާރ ބަޔާންކުރައްވައެވެ. ތިރީގައި މިވަނީ ސްކިނާރ ބަޔާންކޮށްފައިވާ މިފަދަ ބައެއް ކަންކަމެވެ.
1.     އިނާމު ދޭންޖެހޭނީ ކުދިން އަމިއްލައަށް ޝަވްޤުވެރި ނުވާ ކަންކަމަށް
މިސާލަކަށް އަޅުގަނޑުމެންގެ މާހައުލުގައި ބައެއް ކުދިންނަކީ ކުލާހުގެ ހުރިހާ ކުދިންނަށް އިވޭވަރަށް އެކުދިންގެ މަސައްކަތްތައް ހުށައަޅަންބޭނުންނުވާ ކުދިންކަން ފާހަގަކުރެވެއެވެ. މިފަދަ ކުދިން މިކަމަށް ޝައުޤުވެރިކުރުމަށްޓަކައި އަޅުގަނޑުމެންގެ މާހައުލުގައި އެކުދިން ބޭނުންވާފަދަ ހަދިޔާއެއް ބޭނުންކޮށްގެން އެކުދިން އެކަންކުރުވުމަށް ބާރުއެޅުވިދާނެއެވެ.
2.     އިނާމު ކަނޑައެޅި ކަންކަން ފުރިހަމަކުރި މިންވަރަށް ބަލައިފައި އިނާމު ދިނުން
މިސާލަކަށް ދަރިވަރުން ކުރި މަސައްކަތުގެ މިންވަރަށް ބަލާ އެކަމަށް އެކަށީގެންވާ ވަރަށް އިނާމް ދިނުމެވެ. ކުއްޖާ ކުރި ކަންތަކުގެ މިންވަރާއި ނުބައްދަލުވާ ވަރަށް އިނާމް ދިނުމަކީވެސް  މިކަމުންއެކުދިންނަށް ނޭދެވޭ އެހެން އަސަރެއް ކުރަން ފަށާފާނެކަމެކެވެ. މިސާލަކަށް އަބަދު އެމިންވަރަށް އެފަދަ މަސައްކަތް ނިންމުން ހިމެނެއެވެ.
3.     ދެވޭ އިނާމަކީ ކުރާ މަސައްކަތް ފުރިހަމަ ކުރުމަށް ބާރުއަޅާ ފަދަ ގޮތަކަށް ދެވޭ އެއްޗަކަށް ވާންޖެހޭނެ.
ދެވޭ އިނާމަކީ ދަރިވަރުންގެ މަސައްކަތައް ބާރުއަޅާފަދަ އިނާމަކަށް ވާންވާނެއެވެ. ނޫނީ ޕޮއިންޓް 2 ގައި ފާހަގަކުރެވިދިޔަ ފަދަ ކަންކަން ދަރިވަރުންގެ ކިބައިން ފެނުން އެކަށީގެންވެއެވެ. ނޫނީ އެ އިނާމް ދެވޭ މަޤުޞަދު ޙާސިލުނުވުމަށް އެކަށީގެންވެއެވެ.

No comments:

Post a Comment